ރައީސް މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

Fri, 24 May 2024 06:35 PM

View on this article on ThePress.mv

ރައީސް މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އާލް ސައުދުއަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.



ސައުދީގެ ހަބަރުތައް ބުނާގޮތުން މެޑިކަލް ޓެސްޓްތަކެއް ހެދުމުގެ ތެރޭގައި ވަނީ އެމަނިކުފާނަށް ފުއްޕާމޭގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާކަން އެނގުވަޑައިގެންފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަ ކުރައްވާފައެވެ. އަދި ރައީސް މުއިއްޒު ވަނީ ސަރުކާރާއި އެންމެހައި ދިވެހި ރައްޔިތުންގެ ނަމުގައި ސައުދީގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒު ވަނީ ސައުދީގެ ރައީސްއަށް ފުރިހަމަ ސިއްހަތަކާއި ދިގު އުމުރެއް ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ސައުދީގެ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެފައިވާއިރު އެމަނިކުފާނުގެ މެޑިކަލް ޓެސްޓުތަކެއް ހެއްދެވީ ހުން އައިސް، ހުޅުތަކުގައި ރިއްސަން ފެށުމާ ގުޅިގެންނެވެ. އަދި އެ މެޑިކަލް ޓެސްޓުތަކުގެ ނަތީޖާއިން އެނގުނު ގޮތުގައި އެމަނިކުފާނަށް ވަނީ ފުއްޕާމޭގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައެވެ.

މިހާރު އުމުރުފުޅުން 88 އަހަރު ވެފައިވާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އާލް ސައުދު ސައުދީގެ ރަސްގެފާނުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ޖެނުއަރީ 2015ގައެވެ.



More from ThePress.mv