13 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

Fri, 24 May 2024 05:04 PM

View on this article on ThePress.mv

13 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އުތުރުގެ (ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅު) ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަދި ގެވެށި އަނިޔާގެ މައްސަލަ އިތުރުވަމުން އަންނައިރު މިފަދަ އަމަލުތައް ކުރާ ފަރާތްތައް ބަންދުކޮށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ޝާއިއު ކޮށްފައެވެ. އެ ލިސްޓް ޝާއިއުކުރީ ކުޑަކުދިންނަށް ޖިންސީީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ކުށްވެރިންގެ ދަފްތަރު ޝާއިއު ކުރުމުގެ ދަށުންނެވެ.



More from ThePress.mv