ހުޅުމާލެ ފޭސް 2 ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

Fri, 24 May 2024 04:43 PM

View on this article on ThePress.mv

ހުޅުމާލެ ފޭސް 2 ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ ފޭސް 2 ބިން ހިއްކާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައި ވަނީ ހިނގައިފާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ސަފާރީތައް އެ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުން ލިބި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް އެފަދަ ހާސިދާތައް ހިނގައިފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން އެފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ. އަދި ބުރާސްފަތި ދުވަހުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީ މަނާކަމެއް ކަމުގައި ވެސް އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލެ ފޭސް 2ގެ އިތުރުން ފޭސް 3 ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެޗްޑީސީއިން ވަނީ ފޭސް 3 ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ވެސް ނެގުމަށް އަންގާފައެވެ.More from ThePress.mv