އުމްރާ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންފި

Fri, 10 May 2024 08:57 PM

View on this article on ThePress.mv

އުމްރާ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންފިއެވެ.



މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހް މުހައްމަދު ލަތީފް ބައުވެރިވެވަޑައިގަންނަވާޏެ ކަމަށެވެ.

އަދި ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާސިރުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސައޫދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.



More from ThePress.mv