ފޮރިން މިނިސްޓަރު މާދަމާ އިންޑިއާއަށް ވަޑައިގަންނަވަނީ

Tue, 07 May 2024 08:54 PM

View on this article on ThePress.mv

ފޮރިން މިނިސްޓަރު މާދަމާ އިންޑިއާއަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރެއްގައި މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.



ޒަމީރުގެ މި ދަތުރަކީ 2 ދުވަހުގެ ދަތުރެއް ކަމަށާއި މާދަމާ ފައްޓަވާ ދަތުރު ނިންމަވާލައްވައި ޒަމީރު މާލެ ވަޑައިގަންނަވާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޒަމީރުގެ މި ދަތުރުގައި އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް މަޝްވްރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއީ ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެެވެ.



More from ThePress.mv