ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭގޮތް ހަމަޖައްސައިފި

Tue, 07 May 2024 04:32 PM

View on this article on ThePress.mv

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭގޮތް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭ ގޮތް ހަމަަޖައްސައިފިއެވެ.



މިއީ މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަން ޖެހޭ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭނެ މަގުފަހި ކުރުމަށް ބީއެމްއެލް އިން ތައާރަފް ކުރި ހިދުމަތެކެވެ.

މި ހިދުމަތަށް ރަޖިސްޓްރީ ކުރުމަށްފަހު ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި އެމެރިކާ ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އަލަށް ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން، ބޭންކުގެ ކޯޕަރޭޓް ބޭންކިންގް ޑައިރެކްޓަރު އަހުމަދު އަސީފް ވިދާޅުވީ "މެނުއަލް ޕްރޮސެސްތައް ދޫކޮށްލާ، އެއްފަހަރާ ގިނަ ޓްރާންސްފާ ކުރުމަކީ ވިޔަފާރިތަކަށް އޮޓޮމެޓިކްކޮށް ހޯދޭ ހިދުމަތަކަށް ބަދަލުކޮށްލެވުމަކީ ލިބޭ އުފަލެއް ކަމަށާއި މިބަދަލާއެކު، އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެ ކަމަށެވެ.

އަދި ހަމައެހެންމެ ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބައެއްކަން ފާހަގަ ކުރައްވާ އަސީފް ވިދާޅުވީ ބޭންކިންގ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިބޭނެ ކަމަށެވެ.

"މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާރޓްނަރުންނާއެކު އަޅުގަނޑުމެން މަސައްކަތްކުރަމުންދާނަން." އަސީފް ވިދާޅުވިއެވެ.

އިންޓަނެޓް ބޭންކިންގް ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.



More from ThePress.mv