241 ކޮމިޓީއިން ބޭނުންވި ކަންކަން ދެނެނުގަނެވުމަކީ ނަޝީދަށް އިންސާފު ނުލިބުނު އެންމެ ބޮޑު ސަބަބު: އާދަމް ޝަރީފް

Tue, 07 May 2024 12:37 PM

View on this article on ThePress.mv

241 ކޮމިޓީއިން ބޭނުންވި ކަންކަން ދެނެނުގަނެވުމަކީ ނަޝީދަށް އިންސާފު ނުލިބުނު އެންމެ ބޮޑު ސަބަބު: އާދަމް ޝަރީފް

ބޭއްވި 241 ކޮމިޓީގެ މީޓިންތަކުން ބޭނުންވި ކަންކަން ދެނެނުގަނެވުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ނުލިބުނު އެންމެ ބޮޑު ސަބަބު ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.



އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުއަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަހިލީހުގެ 241 ކޮމިޓީ އިން އިކުއަރީ ހަދަން 100 އަށް ވުރެ ގިނަ މީޓިން ބޭއްވި ކަމަށެވެ. އަދި އެ އިންކުއަރީއިން ދެނެގަންނަން ބޭނުންވި މުހިންމު ކަންކަން ދެނެ ނުގަނެވުމަކީ ރައީސް ނަޝީދަށް އިންސާފު ލިބުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބު ކަމަށެވެ.

ރައީސް ނަޝީދަށް މެދުވެރިވިފަދަ ހާދިސާއެއް އެއްވެސް އިންސާނަކަށް މެދުވެރިވާކަށް އެދިނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދުވަހު އެ ނިރުބަވެރި އަމަލު ކުށްވެރި ކުރި ފަދައިން މިއަދު ވެސް އެ އަމަލު ކުށްވެރި ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެފަދަ އަމަލުތަކާ ދެކޮޅަށް، އަދި ރައީސް ނަޝީދަށް އިންސާފު ހޯދަދިނުމަށް ބައެއް މަޖިލިސް މެންބަރުން ރެޔާއި ދުވާލު ކުރެއްވި މަސައްކަތް ވެސް އާދަމް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ނައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެއްވި މަސައްކަތްތައް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މީގެ 10 އަހަރު ފަހުން އެ އިންކުއަރީ އަލުން ހެދި ނަމަވެސް އެ ދުވަހު ދެނެނުގަނެވުނު ވަރަށް ގިނަ ކަންކަން ދެނެގަނެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާ ދީފައި ވަނީ މޭ 6، 2021 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.

ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި އެ ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާއިރު ނަޝީދު އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އަދި އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު ޖަރުނަމަށާއި އިނގިރޭސިވިލާތަށް ވަޑައިގެން ވަނީ އިތުރު ފަރުވާ ހޯއްދަވާފައެވެ.



More from ThePress.mv