ސޯޝަލް މީޑިއާގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ދެއްކި މީހެއްގެ މައްސަލަ ބަލަން ފަށައިފި

Tue, 07 May 2024 10:04 AM

View on this article on ThePress.mv

ސޯޝަލް މީޑިއާގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ދެއްކި މީހެއްގެ މައްސަލަ ބަލަން ފަށައިފި

ސޯޝަލް މީޑިއާގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ދެއްކި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.



ފުލުހުން ބަލަން ފަށާފައި ވަނީ އިސްލާމް ދީނާ ހިލާފަށް ވާހަކަދެއްކި ދިވެހި ފިިރިހެނެއްގެ މައްސަލައެކެވެ.

އޭނާގެ ފޭސްބުކް އެކައުންޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް އާންމުކޮށްފައި ވާއިރު، ގިނަ ބަޔަކު ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރުން މިހާރަށް މައްސަލަ ބެލުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މި މައްސަލައާ ގުޅިގެން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ ސޯޝަލް މީޑިއާ އެކައުންޓް ބޭނުން ކުރާ ފަރާތާއި އެނާ ކުރި ޕޯސްޓްތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ ކަމަށެވެ.

ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައި ވާއިރު، ފުލުހުން ވަނީ އެފަދަ މައްސަލަތައް ބަލާ، ބައެއް މީހުން ހައްޔަރު ވެސް ކޮށްފައެވެ. އަދި އެފަދަ މީހުން ޖަލަށްލުމަށް ވެސް ހުކުމްކޮށްފައިވެއެވެ.



More from ThePress.mv