ޔޫއޭއީގެ އަލް އައިންގެ ވެރިޔާ ޝެއިހް ތަހުނޫން އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Thu, 02 May 2024 11:43 AM

View on this article on ThePress.mv

ޔޫއޭއީގެ އަލް އައިންގެ ވެރިޔާ ޝެއިހް ތަހުނޫން އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޔޫއޭއީގެ އަލް އައިންގެ ވެރިޔާ އަދި ޔޫއޭއީގެ ޝާހީ އާއިލާގެ އިސް ބޭފުޅެއް ކަމަށްވާ ޝައިހް ތަހުނޫން ބިން ޒާއިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޔޫއޭއީގެ ރައީސާއަށާއި، އެމަނިކުފާނުގެ އާއިލާއަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޝައިހް ތަހުނޫންގެ ލީޑަޝިޕަކީ ހިކުމަތުގެ ތަރިކައެއްކަމަށާއި އެއީ ޔޫއޭއީ އަދި ދުނިޔެއަށް މިސާލެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ އެ މަނިކުފާނަށް ހެޔޮ ދުއާކުރައްވާފައެވެ.

ޝައިހް ތަހުނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. ޝައިހް ތަހުނޫން އަވަހާރަވުމާއި ގުޅިގެން ހަތް ދުވަހުގެ ރަސްމީ ހިތާމައެއް ޔޫއޭއީން ވަނީ އިއުލާންކޮށްފައެވެ.

ޝައިހް ތަހުނޫން އަކީ ޔޫއޭއީގެ ބާނީ މަރުހޫމް ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާން އެންމެ ބޮޑަށް އިތުބާރުކުރެއްވި އެއް ބޭފުޅެވެ. ޝައިހް ޒައިދަށްފަހު ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ ގެ ޗެއާމަން އަދި އަލް އައިން މުނިސިޕަލްޓީގެ ޗެއާމަންގެ މަގާމު ފުރުއްވި ޝައިހް ތަހުނޫން ވަނީ އަބޫދާބީގެ އެމިރޭޓްގެ ވެރިއެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.

އުމުރުން 82 އަހަރުގައި ޝައިހް ތަހުނޫން އަވަހާރަވުމާ ހަމައަށް ހުނެންވީ އަލް އައިންގައި އިރުމަތީ ސަރަހައްދުގައި ވެރިކަމުގެ މަންދޫބުގެ މަގާމުގައެވެ.



More from ThePress.mv