ހުޅުމާލޭގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

Mon, 29 Apr 2024 10:09 PM

View on this article on ThePress.mv

ހުޅުމާލޭގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިންގައިފިއެވެ.



ފުލުހުން ބުނީ ހުޅުމާލެ ފޭސް 1ގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 21:00 ހާއިރު ކަމަށެވެ.

އަދި މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި ހާދިސާ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައި ވެއެވެ.

ދާދިފަހުން އައްޑޫ ސިޓީގައިވެސް ވަނީ މާރާމާރީއެއް ހިންގާ އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

އައްޑޫ ސިޓީގައި ހިނގި އެ މާރާމާރީގެ ވީޑިއޯ ދައުރުވެފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކަކު ބިންމަތީގައި ނުތެދުވެވޭނެ ގޮތަށް ހިފަހައްޓައިގެން ބާއްވާ ދެން އިން މީހަކާ ވަޅި ޖަހާ މަންޒަރުފެނެއެވެ. އެކި ފަހަރު މަތިން ވަޅި ޖަހާ މަންޒަރު ފެންނައިރު އިތުރު މީހަކު އެ މާރާމާރީގައި ބައިވެރިވާތަން އެ ވީޑިއޯއަކުން ނުފެނެއެވެ.



More from ThePress.mv