އައްޑޫ ހަންކެޑެ ބްރިޖާ ގުޅޭ ލިންކް ރޯޑުގެ 200 މީޓަރުގައި ތާރު އަޅައިފި

Mon, 29 Apr 2024 05:09 PM

View on this article on ThePress.mv

އައްޑޫ ހަންކެޑެ ބްރިޖާ ގުޅޭ ލިންކް ރޯޑުގެ 200 މީޓަރުގައި ތާރު އަޅައިފި

އައްޑޫގެ ހަންކެޑެ ސަރަހައްދުގައި އަޅަމުން އަންނަ ބްރިޖާއި ގުޅޭ ފޯލޭން ޑީޓުއާ ލިންކްގެ 200 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިފިއެވެ.



ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގައި ތާރު އަޅަން ހަމަޖެހިފައި ވަނީ، ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސްގައި ކަމަށެވެ. މި މަގުތަކުގައި ތާރު އަޅަން ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން މިއަދާ ހަމައަށް 200 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 1.463 ކިލޯ މީޓަރުގެ އާ 4 ލޭނުގެ ޑީޓުއާ ލިންކް ރޯޑެއް ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ.

ޑީޓުއާ ފޯލޭން ލިންކް ރޯޑް އަޅަނީ އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން ދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށެވެ.



More from ThePress.mv