އިއްލެގެ "ބަވަތި" އެމްއެސް ވީޑިއޯ ކުލަބަށް

Mon, 29 Apr 2024 08:22 AM

View on this article on ThePress.mv

އިއްލެގެ "ބަވަތި" އެމްއެސް ވީޑިއޯ ކުލަބަށް

މީގެ ހަތަރު އަހަރު ކުރިން އައިފިލްމްސް އިން ނެރުނު ފުރަތަމަ ފީޗާ ފިލްމު "ބަވަތި" މީޑިއާނެޓް ގެ އެމްއެސް ވީޑިއޯ ކުލަބުން ސްޓްރީމްކުރަން ނިންމައިފިއެވެ.



ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްގެން ގެނެސްދިން މި ފިލްމު ވީޑިއޯ ކުލަބަށް ދޫކޮށްލާނީ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގެ ލީޑް ރޯލު ކުޅުނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިފްނާޒް ފިރާގެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ބަވަތި ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. "ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ވަނީ މީގެ ކުރިން ބުނެފައެވެ. މާނައަކީ ދެރަ ކަމެއް ވުމަށް ފަހު ދެންވާ ކަންތައްތަކެވެ.

ބެލުންތެރިންގެ އުންމީދަށް ވާސިލްވި ދިވެހި ފިލްމު ބަވަތި އަކީ 2019 ވަނަ އަހަރު އޮލިމްޕަހުގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު އެއް ފިލްމުވެސްމެއެވެ. މި ފިލްމަކީ އިއްލެގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. މި ފިލްމާއެކު އިއްލެ މަޝްހޫރުވެގެން ދިޔައެވެ. އޭނާ ޑައިރެކްޓްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ނީނާ" އަދި "ފްރީ ޑެލިވަރީ" ހިމެނެއެވެ. މި ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ދެ ފިލްމެވެ.



More from ThePress.mv