މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންގެ ހިދުމަތުގައި އިސްލާމިކް މިނިސްޓްރީގައި ހާއްސަ މަންދޫބެއް ހަމަޖައްސައިފި

Tue, 23 Apr 2024 06:24 PM

View on this article on ThePress.mv

މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންގެ ހިދުމަތުގައި އިސްލާމިކް މިނިސްޓްރީގައި ހާއްސަ މަންދޫބެއް ހަމަޖައްސައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނަށް އެ މެމްބަރުންގެ ދާއިރާގެ އިސްލާމީ މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ހިދުމަތް އަވަސްކުރުމަށް ހާއްސަ މަންދޫބެއް ހަމަޖައްސައިފިއެވެ.



އިސްލާމިކް މިނިސްޓްރީ އިން ބުނީ މަޖްލިސް މެންބަރުންގެ ހިދުމަތުގައި މިނިސްޓްރީގައި ހުންނަވާނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމް ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން ބޭނުންފުޅުވާ ހުރިހާ ހިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެެވެ.

މީގެއިތުރުން ޕާޓީތައް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާ އެކު ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި ރައީސް ޑރ މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ރައްޔިތުންނަށް އަވަސް ހިދުމަތެއް މިނިސްޓްރީން ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

ޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. އަދި 2 ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ 73 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ ރައްޔިތުންނެވެ.



More from ThePress.mv