އާބަންކޯގެ ފަރާތުން ހިންމަފުށީ ޖަލު ތަރައްގީކޮށް ނިންމާ، ކަރެކްޝަންއާ ހަވާލުކޮށްފި

Mon, 05 Jun 2023 10:20 AM

View on this article on ThePress.mv

އާބަންކޯގެ ފަރާތުން ކ. ހިންމަފުށީ ޖަލު ތަރައްގީކޮށް ނިންމާލައިފިއެވެ.

އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޯންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ހިންމަފުށީގައި ޖަލުގެ ގޮތުގައި ތަރައްގީ ކޮށްފައި ވަނީ މީގެ ކުރިން ބޭނުންކޮށް ވީރާނާ ވެފައިވާ ބާ އިމާރާތެކެވެ. އެގޮތުން އެތަނުގައި 4 ބްލޮކް ހިމެނޭ ގޮތަށް އާބަންކޯގެ ފަރާތުން ވަނީ ޖަލެއް ހަދައި ދީފައެވެ. އަދި އެއިން ކޮންމެ ބްލޮކެއްގައި 16 ވަރަކަށް ގައިދީން ބޭތިއްބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުންވެސް ގައިދީން ބޭނުން ކުރުމަށް 12 ފާހާނާ އިމާރާތް ކޮށްފައި ވެއެވެ. އަދި އިމާރާތުގެ ސްޓްރަކްޗާ އާއި ކަރަންޓުގެ މަސައްކަތާއި ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމާފައި ވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯގެ ފަރާތުން ހިންމަފުށިގައި އިމާރާތް ކުރި ޖަލު

އާބަންކޯގެ މައިގަނޑު މަސައްކަތަކީ ހުޅުމާލެ ތަރައްގީ ކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވިޔަސް އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަންވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރި މަސައްކަތެއް ކަމަށް ވެއެވެ.

މާލެ ޖަލާ ޖެހިގެން ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދައި ނިމެން ގާތްވެފައި ވާއިރު، އެތަނުގައި ދަރިވަރުންނަށް ކިޔަވައިދޭން ފަށަން ވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



More from ThePress.mv