ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ކްރޫޒް މިސައިލެއް އަރާފާނެ ކަމަށް ރަޝިއާގެ ކުރީގެ ރައީސް ވިދާޅުވެއްޖެ

Thu, 23 Mar 2023 10:59 AM

View on this article on ThePress.mv

ޔޫކްރައިން ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ވާކަމަށް ބުނެ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރުނު އަމުރާ ގުޅިގެން އެކޯޓަށް ކްރޫޒް މިސައިލެއް ފޮނުވާލެވިދާނެ ކަމަށް ރަޝިއާގެ ކުރީގެ ރައީސް ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވަޑޭވް ވިދާޅުވީ، އުތުރު ކަނޑުގައި އޮންނަ ރަޝިއާގެ ފްލީޓުން ދަ ހޭގްގައި ހުންނަ ކްރިމިނަލް ކޯޓަށް ހައިޕަސޮނިކް މިސައިލެއް އަރާފާނެ ކަމަށެވެ.

"އެންމެން ހިނގަނީ ގޯޑް (ހެއްދެވި ފަރާތް) އާއި ރޮކެޓް ތަކުގެ ދަށުން، ފަރުވާތެރިކަމާއެކު މައްޗަށް ބަލާ"
ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވަޑޭވް

އޭނާގެ މި ވާހަކަތަކާ ގުޅިގެން އައިސީސީން ވަނީ ކަނބޮޑުވުން ފާޅުކޮށް އޭނާގެ ވާހަކަތައް ކުށްވެރި ކޮށްފައެވެ. އެކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ވަކި އަތަކަށް ނުޖެހި މަސައްކަތް ކުރުމާއި ދުނިޔޭގެ އެތަން މިތާނގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކޯޓަށް ލިބިގެންވާ އިހުތިސޯސީ ބާރަށް އެންމެހާ ފަރާތްތަކުން އިހުތިރާމް ކުރުމަށްވެސް ގޮވާލާފައި ވެއެވެ.

އެމެރިކާއެކޭ އެއްފަދައިން ރަޝިއާ އާއި ޔޫކްރައިން އަކީ ވެސް އެކޯޓް ބަލައިގަންނަ ގައުމުތަކެއް ނޫނެވެ. އެމެރިކާ އާއި ރަޝިއާއިން އެ ކޯޓް ބަލައިގަތުމަށް ދެކޮޅު ހަދަނީ، އެ ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށްވެސް އެކޯޓުގައި ދައުވާތަކެއް އުފުލި ބަލާފާނެ ކަމުގެ ބިރަށެވެ. އަދި އަސްކަރީ މައިދާނުގައާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ މެދުގައި ސިޔާސީ ގޮތުންނުފޫޒާއި ބާރާއެކު ހަނގުރާމައިގެ ގިނަ ޖަރީމާތައް ހިންގާ ގައުމުތަކަކީވެސް އެއީ ކަމަށް ވުމުން، އެކޯޓުގައި މައްސަލައެއް ނޯންނާނެ ވަގުތެއް ނުދާނެއެވެ.

އައިސީސީން ޕުޓިން ހައްޔަރު ކުރަން މިދިޔަ ހުކުރު ދުވަހު ނެރުނު އަމުރުގައި ޔޫކްރައިންގެ ރަށްތަކުން ކުޑަކުދިން ފަހާ ނެރެފައިވާ ކަމުގެ ތުހުމަތުވެސް ކޮށްފައި ވެއެވެ.

އައިސީސީގެ އަމުރާއެކު ޕުޓިން އިތުރަށް ކުޑަވެއްޖެ ކަމަށް ހުޅަނގުން ބުނެއެވެ. ހުޅަނގުން އެހެން ބުނާ އެއް ސަބަބަކީ، އައިސީސީގެ އަމުރާއެކު އެ ކޯޓުގެ މެންބަރުންގެ ގޮތުގައި ތިބި 123 ގައުމުން ޕުޓިން ހައްޔަރު ކުރަން މަސައްކަތް ކުރަން ޖެހޭތީ އާއި އެއިން ގައުމަކަށް ޕުޓިން ވަޑައިގެންފި ނަމަ، ހައްޔަރު ކޮށް އައިސީސީ އާ ހަވާލު ކުރުމުގެ ބާރު އެގައުމުތަކަށް ލިބިދީފައި ވާތީއެވެ.



More from ThePress.mv