"ސްޓްރީ 2"، ޝްރައްދާ، ރާޖްކުމާރު އަދި ވަރުން

Thu, 23 Mar 2023 09:20 AM

View on this article on ThePress.mv

ދެހާސް އަށާރަވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ސްޓްރީ" ގެ ސީކުއަލްގައި ހަރަކާތްތެރިވާ ތަރިން އިއުލާން ކޮށްފިއެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުން ކަމަށްވާ ޝްރައްދާ ކަޕޫރު އަދި ރާޖްކުމާރު ރާއޯ ލީޑު ރޯލުން ފެނިގެންދިޔަ ފިލްމުގެ ފުރަތަމަ ބައިގެ އިތުރުން ސީކުއަލުގައި ވެސް މިދެތަރިން ހަރަކާތްތެރި ވާނެއެވެ. ދެތަރިން ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާއިރު ފިލްމުން ދެން ފެނިގެން ދާނީ ކުޅަދާނަ އެކްޓަރު ވަރުން ދަވަން އެވެ. ހޮރޯ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމުގެ ސީކުއަލް ފަށާނީ ފިލްމުގެ ފުރަތަމަ ބައި ނިންމާލި ހިސާބުންނެވެ.

އަންނަ އޭޕްރިލް މަހު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފަށަން ހަމަޖެހިފައި ވާއިރު ކުރިއަށް އޮތް ޖުލައި މަސްތެރޭ ފިލްމުގެ ޝޫޓިން ފަށާނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ފިލްމުގައި ވަރުންގެ ރޯލު ކުޑަ ނަމަވެސް ވަރުންގެ ކެރެކްޓާ އަކީ ފިލްމުގެ ޕްލޮޓަށް ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށާއި އެ ކެރެކްޓާ ފިލްމުގެ ޕްލޮޓަށް އަސަރު ކުރާނެ ކަމަށެވެ.

ސްޓްރީ އަކީ ޝްރައްދާ އާއި ރާޖްކުމާރު އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގައި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައެވެ. އިންޑިއާގެ ބޯޕާލްގެ އަވަށެއް ކަމުގައިވާ ޗަންދޭރީގެ މީހުން ގަބޫލު ކުރާ ގަބޫލުކުރުމެއްގެ މައްޗަށް އުފައްދައިފައިވާ "ސްޓްރީ" ޑައިރެކްޓް ކޮށްފައި ވަނީ އަމަރު ކޯޝިކް އެވެ. އަދި އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ދިނޭޝް ވިޖާން، ރާޖް އަދި ޑީކޭ އެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި 100 ކުރޯޑަށް ވުރެ ގިނަ އާމްދަނީ ހޯދި ފިލްމެކެވެ.


More from ThePress.mv