އިންޓަނޭޝަނަލް މެރިޓައިމްގެ ސަފީރަކަށް ޑރ. ފަރަހަނާޒް

Tue, 23 Feb 2021 01:12 PM

View on this article on Iru.mv

އިންޓަނޭޝަނަލް މެރިޓައިމްގެ ސަފީރަކަށް ޑރ. ފަރަހަނާޒް

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އަށް ރާއްޖެ އިން ކަނޑައަޅާ ދާއިމީ ސަފީރުގެ ގޮތުގައި އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހ. އަމީނީގޭ ޑރ. ފަރަހަނާޒް ފައިސަލް އައްޔަން ކުރުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފިއެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރުމަށް ރުހުން ހޯއްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގައި އަމީން އާއްމު އިއްވެވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ސަފީރުގެ މަގާމުގެ އިތުރުން ފަރަހަނާޒްއަކީ ރާއްޖެއިން އަޔަލެންޑް، ސްޕެއިން އަދި ފްރާންސް އަށް ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމަށް އައްޔަނުކުރައްވާފައިވާ ފަރާތެކެވެ.