މާޗް 10ގެ ނިޔަލަށް ޖޫރިމަނާއާއި ނުލާ ވޯކް ޕާމިޓް ފީ ބަލައިގަންނާނެ

Tue, 23 Feb 2021 12:57 PM

View on this article on Iru.mv

މާޗް 10ގެ ނިޔަލަށް ޖޫރިމަނާއާއި ނުލާ ވޯކް ޕާމިޓް ފީ ބަލައިގަންނާނެ

ންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާއި ނުލައި ވޯކް ޕާމިޓް ފީ ބަލައިގަންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ވޯކް ޕާމިޓް ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މިބަދަލާއި ގުޅިގެން، އެކްސްޕަޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕަރމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރައްވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، 10 މާރޗްގެ ނިޔަލަށް، ޖޫރިމަނާއަކާނުލައި ވޯކް ޕަރމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އަލަށް އެކުލަވާލާފައިވާ، ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގެ ދަށުން ވޯކް ޕާމިޓް ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ބިދޭސީން ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ، ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. މި މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ އާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަން ޖެހެއެވެ.