އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ދޫކޮށްލައިފި

Tue, 07 May 2024 06:44 PM

View on this article on Sun Online

އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މިއަދު ހެނދު ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ.



ވީއައިއޭ ޓާމިނަލްގެ ޗެކިން ކައުންޓަރު ސަރަހައްދުގައި އެ މީހާ، މާރާމާރީ ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ މީހަކަށް ހަމަލާ ދީފައެވެ.

މި ކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މާރާމާރީ ހިންގި ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކޮށް، އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު މި ވަގުތު ދެވެން ނެތް ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލާ ދީފައި އެ ތަނުގައި ހުރި އެހެން މުވައްޒަފަކު ކޮއްޕައިލައެވެ. އެކަމަކު، ފަހުން އެ ސަރަހައްދުގައި ތިބި މީހުން ވަނީ އެ މީހާ ހުއްޓުވައިފައެވެ.

މާރާމާރީ ހިނގަން މެދުވެރިވީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.



More from Sun Online