ބުރިޖު މޮނިއުމަންޓް ފެންނަ ގޮތަށް ޕާކަށް ބަދަލެއް

Tue, 07 May 2024 04:21 PM

View on this article on Sun Online

ބުރިޖު މޮނިއުމަންޓް ފެންނަ ގޮތަށް ޕާކަށް ބަދަލެއް

ސިނަމާލެ ބުރިޖުގެ މޮނިއުމަންޓް ފެންނަ ގޮތަށް ލޮނުޒިޔާރާތް ޕާކު ސަރަހައްދަށް ބަދަލުގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.



މިކަން ހާމަކުރައްވާ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރުން ދެއްވި އެންމެ އަގުހުރި ހަދިޔާއަކީ ބުރިޖު ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ބުރިޖުގެ މޮނިއުމަންޓް ފޮރުވުމަށް މިދިޔަ ސަރުކާރުން މަސައްކަތްކުރި ކަމަށް ތުހުމަތުކުރައްވާ ޝުޖާއު ވިދާޅުވީ، ކުރީ ސަރުކާރުން ވަނީ މޮނިއުމަންޓް ފޮރުވަން އެ ސަހަރައްދު ބައްދާލާފައި ކަމަށެވެ.

އަދި، މިދިޔަ ސަރުކާރުން ބުރިޖުގެ އާބާތުރަ ނުފިލުވާ ކަމަށާއި ނަން ބޯޑު ވެސް ނުދިއްލާ ބަހައްޓަނީ މިއީ ޗައިނާގެ ފަރާތުން ލިބުނު އެހީކަން ފޮރުވަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ނަމަވެސް، ޗައިނާއަށް ޝުކުރުވެރިވުމަށާއި ބުރިޖުގެ މޮނިއުމަންޓް ފެންނާނެ ގޮތަކަށް އެ ސަރަހައްދު ބަދަލުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ޝުޖާއު ލިޔުއްވާފައިވެއެވެ.

މި ސަރުކާރު އައުމަށް ފަހު ބުރިޖުގެ މެއިންޓަނަންސް މަސައްކަތްތައް، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް(ސީސީސީސީ)އާ ވެސް ވަނީ ހަވާލުކޮށްފައެވެ. ދެހާސް އަށާރަ ވަނަ އަހަރު ހުޅުވި މި ބުރިޖު އެޅި ކުންފުންޏާ މަރާމާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރީ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ.



More from Sun Online