އިސްލާމިކް ޔުނިވާސިޓީގެ ޕީއެޗްޑީ ކޯސްތަކަށް ހުޅުވާލައިފި

Tue, 07 May 2024 03:19 PM

View on this article on Sun Online

އިސްލާމިކް ޔުނިވާސިޓީގެ ޕީއެޗްޑީ ކޯސްތަކަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޕީއެޗްޑީ ކޯސްތަކަށް މިއަދު ހުޅުވާލައިފިއެވެ.



އައިޔޫއެމްގެ އޯގަސްޓް އިންޓޭކަށް ހުޅުވާލައިފައިވާއިރު ޕީއެޗްޑީގެ ތިން ކޯހެއް އެ ޔުނިވާސިޓީން ކިޔަވައިދެއެވެ. އެއީ:

  • ޑޮކްޓާ އޮފް ފިލޯސޮފީ އިން އެޑިއުކޭޝަން (ކުއްލިއްޔާ އޮފް އެޑިއުކޭޝަން)
  • ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސެސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ (ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ)
  • ޑޮކްޓާ އޮފް ފިލޯސޮފީ އިން ފިޤްޙު އެންޑް އުސޫލުލް ފިޤްޙު (ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސެސް)

ޕީއެޗްޑީގެ އިތުރުން ވެސް މި އަހަރުގެ އޯގަސްޓް އިންޓޭކަށް އައިޔޫއެމްގައި ގިނަ ދާއިރާތަކަކުން ތަފާތު ކޯސްތަކަކަށް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން، ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ދަށުން ޤިރާއަތް އަލް ޤުރްއާންގެ ސެޓިފިކެޓު އެކަކުން ފެށިގެން މާސްޓާ އޮފް ޤިރާއަތާއި، މާސްޓާ އޮފް އާޓްސް އިން ޤުރުއާނިކް ސައިންސެސްއާ ހަމައަށް ޤުރުއާނުގެ އިލްމު އުނގެނުމުގެ ފުރުސަތު ވެސް އެ ޔުނިވަސިޓީގައި ވަނީ ހުޅުވާލައިފައެވެ.

އަދި، ތައުލީމީ ދާއިރާއިން ވެސް ޑިޕްލޮމާއިން ފެށިގެން ގޮސް މާސްޓާސްއާ ހަމައަށް ކިޔެވުމުގެ ފުރުސަތު އޮތްއިރު ޝަރީއާ އެންޑް ލޯ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު އިސްލާމިކް ޔުނިވާސިޓީގައި އޮތީ ހުޅުވާލައިފައެވެ.

މީގެ އިތުރުން، އިކޮނިމިކްސްއާއި އެކައުންޓިންގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވެސް ގިނަ ފުރުސަތުތަކެއް އެ ކޮލެޖުގައި ހުޅުވާލައިފައިވާއިރު، ޢަރަބި ބަހަށް ވެސް ވަކިން ޚާއްސަ ކޯސްތަކެއް އެ ޔުނިވާސިޓީގައި އެބަ ހުއްޓެވެ.



More from Sun Online