ނުވަ ސަފީރަކަށް ފަތްކޮޅު އަރުވައިފި

Tue, 07 May 2024 02:30 PM

View on this article on Sun Online

ނުވަ ސަފީރަކަށް ފަތްކޮޅު އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ބޭރު ގައުމުތަކަށާއި، ބައިނަލް އަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް ނުވަ ސަފީރުން އައްޔަން ކުރައްވައިފިއެވެ.



މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވަނީ އައްޔަންކުރެެއްވި ނުވަ ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ.

ރައީސް މުއިއްޒު ނުވަ ސަފީރުން އައްޔަންކޮށްދެއްވައިފި--ފޮޓޯ:ރައީސް އޮފީސް

މިގޮތުން ޢައްޔަނު ކުރެއްވި ނުވަ ބޭފުޅުންނަކީ:

  • އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު
  • އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމް
  • ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު
  • އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު
  • ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، އަލްފާޟިލާ ޤީލާ ޢަލީ
  • މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު
  • ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، އަލްފާޟިލް މަސްޢޫދު ޢިމާދު
  • ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު
  • ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، އަލްފާޟިލް މުޙައްމަދު ލުވޭޒު

ވެރިކަން ލިބިވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވަނީސް ރައީސް މުއިއްޒު ވަނީ ސަފީރުން އަަައްޔަން ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. ނަމަވެސް އެކަން ނުވެ އޮތީ އޭރު މަޖިލީހުން އެ ސަފީރުންނަށް ރުހުން ދީފައި ނުވާތީއެވެ.



More from Sun Online