އެޕާޓްމެންޓެއްގައި ޑުރަގު ވިއްކި މީހަކު ހައްޔަރުކޮށްފި

Tue, 07 May 2024 02:27 PM

View on this article on Sun Online

އެޕާޓްމެންޓެއްގައި ޑުރަގު ވިއްކި މީހަކު ހައްޔަރުކޮށްފި

އެޕާޓްމެންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ރޭ މީހަކު ހައްޔަރުކޮށްފިއެވެ.



އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ ޑުރަގު އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕްލާސްޓިކް 17 ތަށި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ ޑުރަގު އެންފޯސްމަންޓު ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ފަހުން ވެސް 36 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ބަރުދަނުގައި ހަތަރު ކިލޯ ހުރި މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ފަހުއެވެ.



More from Sun Online