4 ކިލޯގެ ޑުރަގާ އެކު މާލެެއިން މީހަކު ހައްޔަރުކޮށްފި

Mon, 06 May 2024 02:47 PM

View on this article on Sun Online

4 ކިލޯގެ ޑުރަގާ އެކު މާލެެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ މާލޭގެ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރީއިރު ބަރުދަނުގައި ހަތަރު ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޑުރަގު އެންފޯސްމަންޓު ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޭތެރެއަކުން މީހުން ހައްޔަރުކުރެއެވެ.



More from Sun Online