ތިން ގައުމެއްގެ ސަފީރުންނަށް ރުހުންދީފި، ޗައިނާއަށް ފަޒީލް

Mon, 06 May 2024 02:31 PM

View on this article on Sun Online

ތިން ގައުމެއްގެ ސަފީރުންނަށް ރުހުންދީފި، ޗައިނާއަށް ފަޒީލް

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވި ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ހިމެނޭހެން ތިން ބޭފުޅަކު ސަފީރު ކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.



ތިން ގައުމުގެ ސަފީރުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމީޓީން ވަނީ ފާސްކޮށްފައެވެ. އެއީ:

  • ޗައިނާގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު
  • ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން ރަޝީދު
  • ސައުދީގެ ސަފީރަކަށް މުހައްމަދު ތާހާ

އެ ތިން ބޭފުޅުން އެ ގައުމުގެތަކުގެ ސަފީރު ކަމަށް އައްޔަނުކުރަން މިއަދު މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި ފަޒީލް އަދި ޝިއުނީންއަށް ރުހުން ލިބިވަޑައިގަތީ 35 ވޯޓުންނެވެ. ތާހާއަށް ރުހުން ލިބިވަޑައިގެންނެވީ 33 ވޯޓުންނެވެ.

އެ ތިން ބޭފުޅުންނަށް ރުހުންދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.

ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ފަޒީލް ނަޖީބާއި، ހޮޅުދޫ ދާއިރާއަށް ވާދަކުރެއްވި ތާހާއަކީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރައްވައި، ނާކާމިޔާބުވި ދެ ބޭފުޅުންނެވެ.



More from Sun Online