އިންޑަަސްޓްރިއަލް ވިލެޖު ސާފުކޮށް ނިމި އާންމުންނަށް ބަންދު

Mon, 06 May 2024 01:57 PM

View on this article on Sun Online

އިންޑަަސްޓްރިއަލް ވިލެޖު ސާފުކޮށް ނިމި އާންމުންނަށް ބަންދު

ކުނިބުނިން ފުރައި، ގޮންޑުކޮށްފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖު މުޅިން ސާފުކޮށް ނިންމައިލުމަށްފަހު، އާންމުންނަށް އެ ތަނަށް ދެން ނުވަދެވޭ ގޮތަށް ބަންދުކުރަން ނިންމައިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.



އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މިހާރު ވަރަށް ބޮޑު ސަރަަހައްދެއް ސާފުކޮށް ނިމިފައިވާ ކަމަށެވެ.

އަދި މުޅިން ސާފުކޮށް ނިމުމާއެކު، ބައްތި ހަރުކޮށް އެ ތަން އަލި ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ޝަތުފާ ވިދާޅުވިއެވެ.

"އެ ތަނުގައި އެބަހުރި އެކި ކުންފިނިތަކުގެ ބިންތައް. އެސްޓީއޯ ކަހަލަ. އެ ބިންތައް ވަކިކުރާނެ ފެންސް ޖަހައިގެން،" އޭނާ ވިދާޅުވިއެވެ.

ޝަތުފާ ވިދާޅުވީ އިންޑަސްޓްރިއަލް ވިލޭޖަށް ދެން އާންމުންނަށް ނުވަދެވޭނެ ކަމަށެވެ. ނަމަވެސް ޕެޓްރޯލް ޝެޑަށާއި، ވެމްކޯ ވޭސްޓް ސެންޓަރަށް މަގުން ވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

https://sun.mv/186512

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް އިންޑަސްޓްރިއަލް ވިލެޖުގެ ބޭނުން މިއަދާ ހަމައަށް އައިރު ވެސް އެންމެ އެކަށީގެންވާ ގޮތަކަށް ހިފިފައެއް ނުވެއެވެ.

ތިލަމާލެ ބްރިޖު މަސައްކަތް ފެށުމާއެކު، އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައެއް ބޭނުންކުރަމުން އަންނަނީ މަސައްކަތު ސައިޓެއްގެ ގޮތުގައެވެ.

މީގެ އިތުރުން ވެމްކޯގެ ވޭސްޓް ކަލެކްޝަން ސެންޓަރެއް އިންޑަސްޓްރިއަލް ވިލެޖުގައި އަންނަނީ ހިންގަމުންނެވެ.

ނަމަވެސް އެ ތަން އަނދިރިކޮށް އޮތުމާއި އާންމުންނަށް ވަދެވެހޭން ހުޅުވައިލައިފައި އޮތުމުގެ ސަބަބުން، ގިނަ ބަޔަކު އެ ތަނަށް ވަދެ، ކުނި އަޅައި، ބާ ވެހިކަލް ޕާކުކޮށް ގޮނޑުކުރާ ތަނެއްގެ ގޮތުގައި އެ ތަން އޮތީ ވެފައެވެ. މީގެ އިތުރުން ކުށްކުށަށް އަރައިގަންނަ މީހުން ވެސް އެއްވެ އުޅޭ ތަނަކަށް އެ ތަން އޮތީ ވެފައެވެ.



More from Sun Online