ލިސްޓަށް އުނިއިތުރު ނުގެނެސް ފުލެޓު ހަވާލުކުރަން އަންގައިފި

Mon, 06 May 2024 01:47 PM

View on this article on Sun Online

ލިސްޓަށް އުނިއިތުރު ނުގެނެސް ފުލެޓު ހަވާލުކުރަން އަންގައިފި

އެމްޑީޕީގެ ނިމުނު ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.



ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތަކާ ގުޅިގެން އާންމުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 29 މެންބަރުނގެ އިއްތިފާގުންނެވެ. އެ ރިޕޯޓާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނެތެވެ.

އެ ރިޕޯޓުގައި ކޮމިޓީން ވަނީ މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައެވެ. އެ ތިން ކަމަކީ:

  • ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަން.
  • ފުލެޓުތައް ހަވާލުކުރުން ލަސްވުމާ ގުޅިގެން އާންމުން ކަންބޮޑުވާކަމާއި، ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފައި އޮތުމުން އެ ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަން.
  • ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައި އޮތް އޮތުން.

މި ތިން ކަމަށް ރިއާޔަތްކުރުމަށް ފަހު ކޮމިޓީން ވަނީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެ ދެ ހުށަހެޅުމަކީ:

  • ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެލައްވާފައިވާ ގޮތަށް ގެޒެޓުކޮށްފައިވާ ފުލެޓު ލިސްޓަށް އެއްވެސް އުނި އިތުރު ނުގެނެސް ފުލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ދިނުން.
  • ފުލެޓު ލިސްޓާ އެއްގޮތަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް ލަސްނުކޮށް ފުލެޓު ހަވާލުކުރުން.

ގިނަ އަދަދެއްގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބުނު ފުލެޓަށް ވީނުވީއެއް ނޭނގުމެވެ.

https://sun.mv/191022

ފުލެޓު މައްސަލާގައި ފުލެޓު ދޫކުރުން މަޑުޖައްސަލާފައިވަނީ، ލިސްޓުގެ ސައްހަކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށެވެ. އެ މައްސަލައިގެ ތަހުގީގަށް ފަހު ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތުހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ފުލެޓުތަކުގެ މައްސަލައިގައި ސަރުކާރުން ވެސް ވަނީ އެއްވެސް ރައްޔިތެއްގެ ހައްގަށް އުނިކަން ލިބޭނެ ފަދަ ކަމެއް ނުކުރާނެކަމަށް ބުނެފައެވެ.



More from Sun Online