ފުލުހުންނާ ގުޅޭ ޝަކުވާ ފުލުސް އިދާރާއަށް އަންގަން އެދެފި

Mon, 06 May 2024 12:36 PM

View on this article on Sun Online

ފުލުހުންނާ ގުޅޭ ޝަކުވާ ފުލުސް އިދާރާއަށް އަންގަން އެދެފި

ދިވެހި ފުލުހަކު، ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.



ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވަނީ ދިވެހި ފުލުހަކު ވިލާ ކޮލެޖުގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދާ ކަމަށް ތުހުމަތުކޮށްފައެވެ.

ހަމައެއާއެކު އެ ޕޯސްޓުގައި ވަނީ އެ މައްސަލަ ބަލާނެ ވެރިއެއް ނުވަތަ ކަމާބެހޭ އިދާރާއެއް ނެތްތޯ ސުވާލު އުފައްދާފައެވެ.

އެ ޕޯސްޓާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ވިދާޅުވީ، އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.

އެގޮތުން ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ތަހުގީގު ކުރުމުގެ މަސައްކަތް އެކަމާ ގުޅުން ހުރި ބަހާއިން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިގޮތުން، އެ މައުލޫމާތު ޔަގީންކޮށް، މިފަދަ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހި ފުލުހަކާ ގުޅުން ހުރި ޝަކުވާއެއް ވާނަމަ، ސީދާ ފުލުހަށް އެ މައްސަލައެއް ހުށަހެޅުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންނާ ގުޅުން ހުރި ޝަކުވާތަކުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. މީގެ ކުރިން ވެސް އެ ފަދަ މައްސަލަތައް ސޯޝަލް މީޑިއާގައި ތިލަކޮށް ނުރުހުން ފާޅުކޮށްފައި ވެސް އެބަހުއްޓެވެ.



More from Sun Online