އައްޑޫ ފެނުގެ ޚިދުމަތް އަޕްގްރޭޑުކުރަން ހަވާލުކޮށްފި

Mon, 06 May 2024 09:28 AM

View on this article on Sun Online

އައްޑޫ ފެނުގެ ޚިދުމަތް އަޕްގްރޭޑުކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީ ހިތަދޫއާއި، ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ފެނުގެ ޚިދުމަތް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފިއެވެ.



އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައި އޮތް ފެނުގެ ޚިދުމަތުގެ ދަތިކަމުގެ މައްސަލައާ ގުޅޭގޮތުން ފެނަކައިން ބުނީ، އެ މައްސަލަ ހައްލުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ އެއް އަހަރުގެ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

މި މަސައްކަތް ނިމޭއިރު ފެނުގެ ޚިދުމަތް ދިނުމަށް ދިމާވެފައިހުރި ހުރިހާ ދައްޗެއް ހައްލުވާނެކަމަށް ވެސް ފެނަކައިން ބުންޏެވެ. އެ މަސައްކަތް ކުރިއަށްދާއިރު، ފެނުގެ ޚިދުމަތް މެދުނުކެނޑި ދިނުމަށް މިހާރު ވެސް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފެނަކައިން ބުންޏެވެ.

އައްޑޫ ސިޓީ، ހިތަދުއާއި ގުޅިފައިވާ ރަށްތަކުގައި ފެނުގެ ޚިދުމަތް ބޭނުންކުރާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވާކަން ފާހަގަކޮށް ފެނަކައިން ބުނީ ގާއިމްކޮށްފައިވާ ޕްލާންޓުތަކަށް އުފެއްދޭ ފެނަށްވުރެ ބޭނުންކުރާ ފެން އިތުރުވެފައިވާކަމަށެވެ.

އެހެންނަމަވެސް ކުރީ ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭ އެކަށީގެންވާ ގޮތެއްގައި ފެން ޕްލާންޓުތައް މަރާމާތުކޮށްފައި ނުވާކަމަށާއި، އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ވެސް ކޮށްފައިނުވާކަމަށް ފެނަކައިން ބުންޏެވެ.

ފެނުގެ ޚިދުމަތް ލިބުން ދަތިވެ، އައްޑޫގެ ގުޅިފައިވާ ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ރައްޔިތުން އަންނަނީ އެ ކަމުގެ ޝަކުވާ ވެސް ކުރަމުންނެވެ.



More from Sun Online