ވެމްކޯ އިން ފޮޅާ ސާފުކޮށްދިނުމުގެ ޚިދުމަތް ފަށަނީ

Thu, 02 May 2024 09:36 PM

View on this article on Sun Online

ވެމްކޯ އިން ފޮޅާ ސާފުކޮށްދިނުމުގެ ޚިދުމަތް ފަށަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ފޮޅާ ސާފުކުރުމުގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.



ވެމްކޯ އިން ބުނީ މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށެވެ.

މިގޮތުން މި ޚިދުމަތަށް އޮތް ޑިމާންޑް އެއް ބެލުމަށް ފަހު ޚިދުމަތް ފުޅާކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އިތުރު ސަރަހައްދުތަކުގައި ވެސް މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވެމްކޯއިން މައުލޫމާތު ދިނެވެ.

މިވަގުތު މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އަށް ސަރަޙައްދެއްގައި ވެމްކޯގެ ޙިދުމަތް ވަނީ ގާއިމުކުރެވިފައެވެ.

ވެމްކޯ އިން ކުނި އުކުމުގެ ޙިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ފައިދާއެއްގައި އެ ކުންފުނި ހިންގުމަށް ގިނަ ގޮންޖެހުންތަކަކާ އަންނަނީ ކުރިމަތިވަމުންނެވެ.



More from Sun Online