ޑރ. ރަމްޝާ ކެންސަރު ބަލީގައި ނިޔާވެއްޖެ

Thu, 02 May 2024 09:30 PM

View on this article on Sun Online

ޑރ. ރަމްޝާ ކެންސަރު ބަލީގައި ނިޔާވެއްޖެ

އައިޖީއެމްއެޗްގައި ކުރިން މަސައްކަތް ކުރެއްވި، ކަރުން މަތީގެ ޚާއްސަ ޑޮކްޓަރު ޑރ. އައިމިނަތު ރަމްޝާ ނިޔާވެއްޖެއެވެ.



އޭނާ ނިޔާވީ، ބެންކޮކްގައި ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ދުވުމާއި ނެޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅުމުގައި ވެސް ފާހަގަކޮށްލެވޭ ރަމްޝާ ވަނީ ރާއްޖޭގެ ކެންސާ ސޮސައިޓީގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރަމްޝާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ ރަމްޝާ ނިޔާވުމާއެކު ގައުމަށް ގެއްލި މިދިޔައީ އަގުހުރި ޚިދުމަތްތެރިއެއްކަމަށެވެ.

މީގެ އިތުރުން ކެންސާ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިއާ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކެންސާ ސޮސައިޓީ ވުޖޫދު ވީއްސުރެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމުވުމުގައި ޑރ. ރަމްޝާ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

އަދި ކެންސާ ސޮސައިޓީގެ މީޓިންތަކުގައި ވެސް ގަވާއިދުން ބައިވެރިވާކަން ފާހަގަކުރައްވައި ޖުވޭރިޔާ ލިޔުއްވާފައި ވަނީ ޑރ. ރަމްޝާ ނިޔާވި އަޑު އެހީ ހިތާމައާއެކު ކަމަށެވެ.

ކޮވިޑް 19ގެ ބަލިމަޑުކަމުގައި ކްލަބް ހައުސް ވައިގައި ހިފައިގެން ދިޔައިރު، ރަމްޝާ ވަނީ ކްލަބް ހައުސް މެދުވެރިކޮށް ވެސް މީހުން ހޭލުންތެރި ކުރުމަށް ގިނަ ވާހަކަތައް ދައްކަވާފައެވެ.

ރަމްޝާގެ މަންމަ ވެސް ދުނިޔެ ދޫކޮށްފައި ވަނީ ކެންސަރު ބަލީގައެވެ.



More from Sun Online