އުފާވާ މިންވަރު ބަލަން "ހެޕިނަސް އިންޑެކްސް" ކަނޑައަޅަނީ

Thu, 02 May 2024 06:17 PM

View on this article on Sun Online

އުފާވާ މިންވަރު ބަލަން "ހެޕިނަސް އިންޑެކްސް" ކަނޑައަޅަނީ

ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.



ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ރަށްރަށުގެ ހާލަތު، އުފާވެރިކަން، ރައްޔިތުންނަށް ލިބޭ އުފާވެރިކަން އެ ރަށްރަށުގެ ރައްޔިތުން މިން ކުރާ ގޮތެއް ދެނެގަތުމަށް ޓަކައި ކުރާ މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.

އެ ކަންތައް ރައްޔިތުންނަށް ހާސިލުކޮށްދިނުމަށް މާނަ ހުރި ގޮތެއްގައި ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ކަނޑައެޅުމަށް ޓަކައި، އެ ކަމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށައިފައިވާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

https://sun.mv/190394

އޭނާ އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި، ރާއްޖޭގެ ގިނަ ފާރަތްތަކާ މަޝްވަރާ ކުރެވިގެން، ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ދަށުން ވަރަށް ބޮޑަށް ހުޅުވާލެވިގެން، އެކުލަވައިލެވޭ އޮނިގަނޑެއްގެ ތެރެއިން ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރު ކުރެވޭ ފްރޭމްވޯކެއް ކަމަށެވެ.

އަދި ރަނގަޅު ނަތީޖާއެއް ހޯދާ ފަރާތްތަކަށް އެވޯޑްވެސް ދޭ ގޮތަށް ގެންދާ މަސައްކަތެއް ކަމަށެވެ.

"ހެޕިނަސް އިންޑެކްސް ކަނޑައެޅުމުގައި އަޅުގަނޑުމެން ބަލާނީ ކޮން މިންގަނޑުތަކެެއްތޯ ބެލުމަށް ވެސް އަޅުގަނޑުމެން ވިސްނައިގެން މިއުޅެނީ އާންމުންގެ ޚިޔާލު ހޯދައިގެން، އާންމުންގެ ލަފާއާއި މަޝްވަރާގެ މަތިން އެ ޕްރޮސެސް ކުރިއަށް ގެންގޮސް ގިނަ ބަޔަކު ނުވަތަ މި ފަންނުގައި މަސައްކަތް ކުރައްވާ ފަރާތްތަކާ މަޝްވަރާ ކުރެވިގެން ގިނަ ބަޔަކަށް ގަބޫލު ކުރެވޭ އޮނިގަނޑެއްގެ ތެރެއިން ހެޕިނަސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަން،" އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި:

  • ރަށްރަށުގެ ކުށް މަދުވުން
  • ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުން
  • ރަށުގެ ސާފުތާހިރު ކަމަށް
  • ރައްޔިތުންގެ ބަދަހިކަމާއި އެކުވެރިކަން
  • އާއިލާތަކުގައި އޮންނަ ގުޅުންތައް
  • ކުޑަކުދިންނަށާއި އިސްރަށްވެހިންނަށް ރަނގަޅު މާހައުލެއް އޮތުން
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރަނގަޅު މާހައުލެއް އޮތުން
  • މެހެމާނުންނަށް ކަމޭހިތުން
  • ތައުލީމީ ފެންވަރު ރަނގަޅުވުން
  • ސިއްޙީ ހާލަތު ރަނގަޅުވުން
  • އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރު
  • ދީނާއި ސަގާފަތާއި ތަރިކައަށް ލޯބި ކުރުން
  • ނިކަމެތިންނަށް އަޅާލުން

މީގެއިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރާނީތް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގައި މިކަން ހިނގާފަ އޮތް ދިރާސާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މި އަހަރުގެ ތެރޭގައި މިކަމުގެ މަސައްކަތް ފަށައި، އަންނަ އަހަރު ރާއްޖޭގައި ހެޕިނަސް އިންޑެކްސް ކަނޑައެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



More from Sun Online