ނުގަވާއިދުން އުޅޭ ބިދޭސީންގެ ޖޫރިމަނާތައް މާފުކޮށްދެނީ

Thu, 02 May 2024 04:17 PM

View on this article on Sun Online

ނުގަވާއިދުން އުޅޭ ބިދޭސީންގެ ޖޫރިމަނާތައް މާފުކޮށްދެނީ

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މިއަދު ފެށި "އޮޕަރޭޝަން ކުރަނގި"އާ އެކު މި ވަގުތަށް ޖޫރިމަނާކޮށްފައިވާ ބިދޭސީންގެ ޖޫރިމަނާތައް މާފުކޮށްދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.



އޮޕަރޭޝަން ކުރަނގި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި މިހާރު ނުގަވާއިދުން އުޅޭ ބިދޭސީން ދެނެގަތުމަށް ފަހު، ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅެވޭނެ މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ބޭނުންވަނީ އެ މީހުންގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ހުރިހާ ޖޫރިމަނާއެއް މާފުކޮށްގެން ނަމަވެސް މި ވަގުތަށް އޮޕަރޭޝަން ކުރިއަށް ގެންދަން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެ މީހާގެ ގައިގައި ނެތް އެ ޖުރިމަނާ ދައްކާނެ ފެންވަރެއް. ނެތީމާ، ޖޫރިމަނާ ނުދައްކާތީވެ، ހަމަ ގަވާއިދާ ޚިލާފަށް އޭނާ ބަހައްޓައިގެން މި ހުރިހާ ދުވަހު ވެސް އަޅުގަނޑުމެން މި ތިބީ،" އިހުސާން ވިދާޅުވިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި މި އޮންނަ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ސަރުކާރުން ވެސް ކޮންމެ ވެސް ވަރެއްގެ ލުއިތަކެއް ދީގެންކަން މިނިސްޓަރު ގަބޫލުކުރައްވައެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ގަވާއިދެއްގެ ސަބަބުން މި އޮޕަރޭޝަނަށް ހުރަސްއެޅޭ ނަމަ، އެ ޤަވާއިދެއް ވެސް ބަދަލުކުރާނެ ކަމަށެވެ.

ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން 'އޮޕަރޭޝަން ކުރަނގި'ގެ ނަމުގައި ފެށި އޮޕަރޭޝަންއާ އެކު މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.



More from Sun Online