ކުޑަ ކުއްޖަކާ ބެހިގެން 61 އަހަރުގެ ފިރިހެނަކު ހައްޔަރަށް

Thu, 02 May 2024 12:31 PM

View on this article on Sun Online

ކުޑަ ކުއްޖަކާ ބެހިގެން 61 އަހަރުގެ ފިރިހެނަކު ހައްޔަރަށް

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށަކުން 12 އަހަރުގެ ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.



އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެ ޚިދުމަތުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފިރިހެން މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގީ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ފުލުހަށް ހުށަހަޅާ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ގިނަވެފައިވާ އެއް މައްސަލައެވެ. އެގޮތުން، ކޮންމެ މަހަކުވެސް އެތައް މައްސަލައެއް ފުލުހަށް ހުށަހަަޅައެވެ.



More from Sun Online