ޕަޔަނިއާ' ބްރޭންޑުގެ މޮޅު ސިމެންތި ވިއްކާ ޕްރޮމޯއެއް

Tue, 30 Apr 2024 02:31 PM

View on this article on Sun Online

ޕަޔަނިއާ' ބްރޭންޑުގެ މޮޅު ސިމެންތި ވިއްކާ ޕްރޮމޯއެއް

ސްޓޭޓް ޓްރޭޑިންގް އޯގަަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން އެ ކުންފުނިން ވިއްކާ ސިމެންތި އަގުހެޔޮކޮށް ވިއްކާ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.



މި ޕްރޮމޯޝަނަކީ މި މަހު 29 އިން ފެށިގެން މިއަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕުރޮމޯޝަނެކެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށްގެންދާ މި ޕްރޮމޯޝަނުގައި ގަންނަ 'ޕަޔަނިއާ' ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާއެއް 90 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

ޕަޔަނިއާ ސިމެންތިއަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތީގެ ބްރޭންޑެވެ. އާންމުކޮށް މި ބްރޭންޑުގެ ސިމެންތި ވިއްކަން ހުންނަނީ 108 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގައި ސިމެންތި ގަންނަން ލިބޭ ހެޔޮ އަގުގެ ސަބަބުން ކޮންސްޓްރަކްޝަން ކޮންޓްރެކްޓަރުންނަށާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާންމު ފަރުދުންނަށް ވެސް ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އަދި މީގެ އިތުރުން 1،500 ރުފިޔާ އަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ހިލޭ ޑެލިވެރީ ކޮށްދެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.



More from Sun Online