ގެއްލުނު މީހާ ކޮޅުވެއްޓީގެ ދަށުން ފެނިއްޖެ، ހަރަކާތެއް ނެތް

Tue, 30 Apr 2024 11:27 AM

View on this article on Sun Online

ގެއްލުނު މީހާ ކޮޅުވެއްޓީގެ ދަށުން ފެނިއްޖެ، ހަރަކާތެއް ނެތް

ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލައި ރޭ ފަތިހު ގެއްލުނު މީހާ އެތައް ގަޑިއިރެއް ފަހުން ކަނޑު އަޑިން ފެނިއްޖެއެވެ.



ބަންޑުން ޖަހައިލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބިދޭސީ މީހާ ފެނިފައިވަނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުން މިއަދު 10 ޖަހާ ކަންހާއިރު، ކޯސްޓުގާޑުގެ ޑައިވަރުންނަށް ކަމަށެވެ.

އެ މީހާ ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ނަމަވެސް މަރުވެފައިވާކަން ޔަގީން ކޮށްދެވޭނީ ޑޮކްޓަރުން އެކަން ޔަގީން ކޮށްދިނުމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ދަނީ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

މި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އޭގައި ޖުމުލަ ފަސް މީހުން ތިއްބެވެ. އެމްއެންޑީއެފުން ބުނީ ކަނޑުވި އަނެއް ހަތަރު މީހުން ސީއެމްބިއުލާންސަކަށް ފަތިހު ނަގާފައިވާ ކަމަށެވެ.



More from Sun Online