ރިޕޯޓު ފޯމު ހަވާލުކޮށް ދަރިވަރުން ބޮޑު ޗުއްޓީ ފެށިއްޖެ

Tue, 30 Apr 2024 10:29 AM

View on this article on Sun Online

ރިޕޯޓު ފޯމު ހަވާލުކޮށް ދަރިވަރުން ބޮޑު ޗުއްޓީ ފެށިއްޖެ

2023- 2024ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންނަށް މިއަދު ރިޕޯޓު ފޯމު ދީފިއެވެ.



މިއަދު ރިޕޯޓު ފޯމު ދީ ބޮޑު ޗުއްޓީއަށް ދަރިވަރުން ވަނީ ގޮސްފައެވެ.

އެހެންނަމަވެސް ގްރޭޑް 10 އެއް ނިންމައި އޯލެވެލް ހަދާ ދަރިވަރުންނަށް މިހާރު ވެސް އޯލެވެލްގެ އިމްތިހާނުތައް އަންނަނީ ހިނގަމުންނެވެ.

30 މެއި 2024: ސްކޫލު ކުދިންނަށް ރިޕޯޓު ފޯމު ދިނުން -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ދެން ދިރާސީ އަހަރު ފެށޭނީ އަންނަ މަހުގައެވެ. އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ މި އަހަރުގެ ސެޕްޓެމްބަރު 26 ގައެވެ.

މި އަންނަ އޮކްޓޯބަރު ހައެއްގައި ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ އޭޕްރިލް ހައެއްގައެވެ. ނަމަވެސް މުދައްރިސުން އޭޕްރީލް ތިނެއްގައި ނިކުންނަންޖެހޭ ކަމަށް ކަލަންޑަރުގައި ވެއެވެ.

ސަރުކާރުން ވަނީ ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް، ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމާފައެވެ.

އޮގަސްޓް މަހުގައި ދިރާސީ އާ އަހަރު ފެށުމަށް ކުރީ ސަރުކާރުން ނިންމީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް ބުނެއެވެ.



More from Sun Online