ޥޭކޭޝަން އެކްސްޕޯގައި ސައުދީ އެންބަސީން ބައިވެރިވެއްޖެ

Mon, 29 Apr 2024 03:54 PM

View on this article on Sun Online

ޥޭކޭޝަން އެކްސްޕޯގައި ސައުދީ އެންބަސީން ބައިވެރިވެއްޖެ

މި އަހަރުގެ ވެކޭޝަން އެކްސްޕޯ އިވެންޓްގައި ސަޕޯޓިން ޕާޓްނަރެއް ގޮތުގައި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެންބަސީން ބައިވެރިވެއްޖެއެވެ.



ސައުދީ އެންބަސީން ކުރި ޕޯސްޓެއްގައި ބުނީ މި ފަހަރުގެ އެކްސްޕޯގައި އެންބަސީގެ ސްޓޯލެއް ބައިވެރިކުރި ކަމަށެވެ.

އެގޮތުން ސައުދީ އެންބަސީގެ ސްޓޯލްގައި އެ ގައުމުގެ ފަތުރުވެރިކަމާއި ސަގާފަތާއި ގުޅުން ހުރި މައުލޫމާތު ދެވުން ކަމަށް އެ ޕޯސްޓުގައި ބުނެއެވެ.

މި އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި، ވެކޭޝަން އެކްސްޕޯގައި ސައުދީ އެންބަސީގެ އިތުރުން އެހެނިހެން ކުންފުނިތައް ވަނީ ބައިވެރިވެފައިވެއެވެ.

އޭގެ ތެރޭގައި، މޯލްޑިވިއަންއާއި އިމިގްރޭޝަން ސްރީލަންކަން އެއާލައިންސްގެ އިތުރުން ރާއްޖޭގައި ހުންނަ ޖަޕާނުގެ އެންބަސީ ހިމެނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެކްސްޕޯގައި ބައިވެރިކޮށްފައިވާ ސްޓޯލްތަކުގައި ތަފާތު މައުލޫމާތުތައް ހިއްސާކޮށްފައިވާއިރު، އެކި ކަހަލަ ތަކެތި ވަނީ އާންމުންނަށް ދައްކާލާފައެވެ.

އެކްސްޕޯގައި ބައިވެރިކޮށްފައިވާ ސްޓޯލްތައް ބަލައިލުމަށް ގިނަ އަަދަދެއްގެ މީހުން ޒިޔާރަތްކުރިއެވެ.



More from Sun Online