ފުވައްމުލަކުގައި ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައިފި

Mon, 29 Apr 2024 02:02 PM

View on this article on Sun Online

ފުވައްމުލަކުގައި ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައިފި

ފުވައްމުލައް ސިޓީގައި ރޭ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި، އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.



ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި، ޖުމުލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށާއި އެ ތަނުން އެކެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ދެވަނަ އެކްސިޑެންޓު ހިނގީ ފުވައްމުލަކުގެ އެއާޕޯޓު ސަރަހައްދުން ދުއްވާފައިި ދިޔަ ސައިކަލެއް، ކަނޑައިގެން ގޮސްފައި ހުރި ގިޑިގެއަކުން ނައްޓައިގެން ދާން އުޅުމުގެ ތެރޭގައި ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ކައްސާލައިގެން ވެއްޓި، ސައިކަލު ދުއްވި މީހާގެ ބޮލަށް އަނިޔާވިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގިއިރު މަގުތައް އޮތީ ވަރަށް އަނދިރިކޮށް ކަމަށާއި އެކަމުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ވެސް ދަތިތަކާ ކުރިމަތިވީ ކަމަށެވެ.

އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު އަތޮޅުތެރޭ ރަށްތަކުގައި ވެސް މަދުން ނަމަވެސް އެކްސިޑެންޓުތައް ހިނގައެވެ. މިފަދަ ހާދިސާތަކުގައި ލިބޭ އަނިޔާގެ ސަބަބުން ފުރާނަ ގެއްލޭ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.



More from Sun Online