ސީއެސްސީ މެމްބަރުކަމަށް ހަބީބާއަށް ރުހުން ލިބިއްޖެ

Mon, 29 Apr 2024 01:24 PM

View on this article on Sun Online

ސީއެސްސީ މެމްބަރުކަމަށް ހަބީބާއަށް ރުހުން ލިބިއްޖެ

ސިވިލް ސާވިސަސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ފޮނުވި ދެ ނަމުގެ ތެރެއިން ފާތިމަތު ހަބީބާއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެެވެ.



މިއަދު މަޖިލީހުގައިވަނީ ސީއެސްސީގެ މެމްބަރުކަމަށް ކޮމިޓީން ރުހުން ލިބިގެން ތަޅުމަށް ފޮނުވި ދެ ނަމަކަށް ވޯޓަށް އަހައިފައެވެ. އެއީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމަށެވެ.

އެގޮތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން ހަސީބަށް ރުހުން ދޭން ވޯޓުދިނީ 18 މެމްބަރުންނެވެ. ރުހުން ނުދޭން 19 މެމްބަރުން ވޯޓު ދިނެވެ.

ހަބީބާއަށް ވޯޓުދޭން، ވޯޓުގައި 38 މެމްބަރުން ބައިވެރިވެ އެ ހުރިހާ މެމްބަރުން ވެސް ވޯޓުދިނީ ރުހުން ދޭށެވެ.

ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އޭނާގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.



More from Sun Online