ވިންގްސް ފޯ ލައިފް ރަންގައި ބައިވެރިވުމަށް ހުޅުވާލައިފި

Mon, 29 Apr 2024 12:25 PM

View on this article on Sun Online

ވިންގްސް ފޯ ލައިފް ރަންގައި ބައިވެރިވުމަށް ހުޅުވާލައިފި

ރެޑްބުލްއިން އިންތިޒާމުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް، ވިންގްސް ފޯ ލައިފް ވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.



މި ހަރަކާތް ފަހެއް މެއި ވާ އާދީއްތަ ދުވަހުގެ 16:00ގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދާނެއެވެ.

ވިންގްސް ފޯ ލައިފް ރަން ހަރަކާތުގައި ދުވުމާއި، ރޯލް ކުރުމާއި، ޖޮގިން ކުރުމާއި، ނުވަތަ އާންމު ބާރުމިނުގައި ހިނގައިގެން ވެސް ބައިވެރިވެވޭނެއެވެ. އަދި މި ހަރަކާތް ފާހަގަވަނީ ދުނިޔޭގެ ފެންވަރުގައި ކުރިޔަށްގެންދާ މި ހަރަކާތް އެކި ކަންކޮޅުތަކުގައި ސީދާއެއް ވަގުތެއްގައި ފަށާތީއެވެ.

މި ވޯލްޑް ރަންގެ އެންމެ މުހިންމު އެއް މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވުންތެރިންނާއި ނުކުޅެދުންތެރިކަމުގެ ސަބަބުން ފުރޮޅުލީ ގޮނޑީގެ އެހީގައި އުޅޭ މީހުންގެ މެދުގައި އެއްބައިވަންތަކަން އުފައްދައި، މަޖާ، ޝައުގުވެރި، މާހައުލެއްގެ ތެރެއިން އެ މީހުންނަށް އެހީވުމެވެ.

ރެޑްބުލްއިން ބުނީ ވިންގްސް ފޯ ލައިފް ރަންގެ އަމާޒަކީ ސްޕައިނަލް ކޯޑްގެ އަނިޔާތަކަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތުގައި އެއް މިލިއަން ދުވުންތެރިން ބައިވެރި ކުރުން ކަމަށެވެ.

އެ ގޮތުން މި ދުވުމުގައި ބައިވެރިވާއިރު، ދައްކަން ޖެހޭ އެންޓްރީ ފީ ހަދިޔާ ކުރުމަށް ނިންމާފައިވަނީ ނުކުޅެދުންތެރިކަމުގެ ސަބަބުން ފުރޮޅުލީ ގޮނޑީގެ އެހީގައި އުޅޭ މީހުންނަށް ކަމަށް ރެޑްބުލްއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ރެޑްބުލްގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި 207،000 ބައިވެރިންނާއެކު މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށް، ބޮޑެތި ބޮޑޫ ކުރިއެރުމެއް ހޯދިފައިވާކަމަށް ރެޑްބުލްއިން ބުނެއެވެ.

އަދި މި އަހަރުގެ ވިންގްސް ފޯ ލައިފް ރަންގެ އަމާޒަކީ 300،000 ބައިވެރިން ފަހަނައަޅައި ދިއުން ކަމަށް ވެސް ބުނެއެވެ.



More from Sun Online