އުރީދޫއިން ރަސްމީކޮށް ޓިކްޓޮކަށް މަރުހަބާ ކިޔައިފި

Mon, 29 Apr 2024 09:17 AM

View on this article on Sun Online

އުރީދޫއިން ރަސްމީކޮށް ޓިކްޓޮކަށް މަރުހަބާ ކިޔައިފި

އުރީދޫއިން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ.



މި ޕާޓްނާޝިޕާއެކު ރަސްމީކޮށް އުރީދޫއިން ޓިކްޓޮކަށް މަރުހަބާ ކިޔައިފައިވާކަން އިއުލާނުކޮށްފައިވަނީ ރޭ އުރީދޫ ހެޑް ކުއާާޓަރުގައި ބޭއްވި އިވެންޓެއްގައެވެ.

މިއާއެކު، ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއަކީ ކަސްޓަމަރުންނަށް އާ ކަންކަން އަދި އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ. އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި ސްޓްރީމް ކުރުމާއި ޝެއާކުރުމުގެ އިތުރުން ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެއެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް-ހަމާދީ --- ފޮޓޯ/ އުރީދޫ

މި އިވެންޓުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލްހަމާދީ ވިދާޅުވީ މި ޕާޓްނާޝިޕަކީ އުރީދޫއިން ފޯރުކޮށްދެމުންދާ އީޖާދީ ޚިދުމަތްތަކަށް އިތުރު ކުރެވޭ ބޮޅެއް ކަމަށެވެ.

"ޓިކްޓޮކާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށް، އާ ކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވޯކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ހަމަމިއާއެކު، މި އިވެންޓުގައި އުރީދޫއިން ވަނީ ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ލޯންޗްކޮށްފައެވެ.

މި ޕެކްތަކުގެ ސަބަބުން ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.



More from Sun Online