އޮކްސިޖަން ނުލިބިގެން މީހަކު މަރުވި މައްސަލައެއް ބަލަނީ

Sun, 28 Apr 2024 09:56 PM

View on this article on Sun Online

އޮކްސިޖަން ނުލިބިގެން މީހަކު މަރުވި މައްސަލައެއް ބަލަނީ

އިހުމާލަކުން އޮކްސިޖަން ނުދެވި، އުމުރުން ދުވަސްވީ މީީހަކު މަރުވިކަމަށް ތުހުމަތު ކުރާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަންފަށައިފިއެވެ.



މި ހާދިސާގައި ރޭ މަރުވެފައި ވަނީ، އުމުރުން 74 އަހަރުގެ ތ. ކިނބިދުއަށް އުފަން އަންހެނެކެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ މިފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސް، މައްސަލަ ބަލަންފަށާފައި ވާކަމަށެވެ.

މިކަން ހިނގާ ދިޔަގޮތް "ސަން"އާ ހިއްސާކުރަމުން މަރުވި މީހާގެ ދަރިއަކު ބުނީ، އޭނަގެ މަންމަ ނޭވާލަން އުނދަގޫވެ ހާލު ދެރަވުމުން ފުރަތަމަ ގެންދިޔައީ އެއަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ކަމަށެވެ. ނަމަވެސް، އެ ހޮސްޕިޓަލުން މަންމަ މާލެ ފޮނުވާލަން ބުނުމުން ސީއެމްބިއުލާންސްގައި މާލެ ގެންދިއުމަށް ފުރަތަމަ ގެންދިޔައީ ތިމަރަފުއްޓަށެވެ.

އޮކްސިޖަންގެ މައްސަލަޖެހުނީ ތިމަރަފުށީ އެމްބިއުލާންސްގައި އެއާޕޯޓަށް ގެންދަނިކޮށެވެ.

"ވޭމަންޑޫން އަރުވައިގެން ގެންދިޔަ ފުޅި ހުސްވީކަމަށް އަޅުގަނޑަށް ބޮޑަށް ބެލެވެނީ،" އޭނާ ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ، މައްސަލަ ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.



More from Sun Online