މައްސަލަ ހައްލުކޮށް، ވީއައިއޭއަށް އަލުން ކަރަންޓު ދީފި

Fri, 19 Apr 2024 11:54 AM

View on this article on Sun Online

މައްސަލަ ހައްލުކޮށް، ވީއައިއޭއަށް އަލުން ކަރަންޓު ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް މިއަދު ހެނދުނު ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓު ދީފިއެވެ.



ވީއައިއޭގައި ހުރި ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެ، ހެނދުނު 8:30 އެހާކަންހާއިރު ވަނީ އެއާޕޯޓުން ކަރަންޓު ކެނޑިފައެވެ. އެ ކަމުގެ ސަބަބުން މައި އެއާޕޯޓުގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރައިފައެވެ.

އެކަމަކު، އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު "ސަން"އަށް ވިދާޅުވީ، މައްސަލަ ހައްލުކޮށް އެއާޕޯޓަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

އެއާޕޯޓުން ހެނދުނު ކަރަންޓު ކެނޑުމުގެ ސަބަބުން ޚިދުމަތްތަކަށް ވަނީ ބުރޫއަރައިފައެވެ. އޭރު، އެ ތަނުގައި ކަރަންޓު ދެމުން އައި ބެކަޕް ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.

މީގެ ކުރިން މިއަދު ޝަމްއާން ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ ސަބަބެއް އެހާތަނަށް ސާފުވެފައިނުވާ ކަމަށެވެ.

ކަރަންޓު ކެނޑުނު ވަގުތު އެއާޕޯޓުގައި ހުރި މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ، ކަަރަންޓު ކެނޑި ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުން އެއާޕޯޓުގައި މީހުން ތާށިވެ، ވަރަށް ބޮޑަށް މުޅި އެއާޕޯޓު ތޮށްޖެހުނު ކަމަށެވެ.



More from Sun Online