"ރައީސްގެ ސިޓީފުޅަކީ ހިކުމަތްތެރި ފިޔަވަޅަކަށް ވެދާނެ"

Fri, 26 May 2023 10:35 PM

View on this article on Sun Online

"ރައީސްގެ ސިޓީފުޅަކީ ހިކުމަތްތެރި ފިޔަވަޅަކަށް ވެދާނެ"

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ ހިކުމަތްތެރި ފިޔަވަޅަކަށް ވެދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށް ދަނިކޮށް، ރައީސް ސިޓީފުޅެއް އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވީ ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.

ޑރ. ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގެ އާންމު ނުކުރެއްވި ނަމަވެސް އެ ސިޓީ ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން ޖެހޭ ކަމަށެވެ.

އެނާ ވިދާޅުވި ގޮތުގައި މޮރީޝަސްގެ ސަރުކާރުން ވަނީ ބޭރުގެ ބައެއް ފަރާތްތަކާ އެ ސިޓީ ހިއްސާ ކޮށްފައެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ބުނެ އައިސީޖޭއިން ނެރުނު އިސްތިޝާރީ ލަފާގެ މައްސަލަ އަލުން އދ.އަށް ހުށަހެޅިއްޖެނަމަ، ސަރަޙައްދާ ބެހޭ ގޮތުން ރާއްޖެއިން ކުރާ ދައުވާ ދޫކޮށްނުލައި, މޮރިޝަސްއަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް ނިންވެމުމަކީ ސިޔާސީ މޮޅު އުކުޅަކަށް ވެސް ވެދާނެ ކަމަށް ކަމަށް ޝަހީދު ވިދާޅުވިއެވެ.

"ވީމާ ރާއްޖޭގެ ލިޓިގޭޝަން ސްޓްރެޓެޖީގެ ދަށުން، ލީގަލް ޓީމްގެ ލަފަޔާ އެކު ފޮނުވި ސިޓީކަމުގައި ވާނަމަ، އެ ސިޓީ އެ ވަގުތު ފޮނުއްވުމަކީ ރައީސް އެޅުއްވި ހިކުމަތްތެރި ފިޔަވަޅެއް ކަމަށް ބެލުމުގެ ޖާގަ ވަރަށް ބޮޑަށް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެންކަމުން އެ ސިޓީ ސިއްރުކުރަން ރައީސަށް ބާރުއަޅުއްވާ ބޭފުޅުންނަށް އޮޅިގެން ނަމަވެސް އެ ކުރެއްވޭ ކަމަކީ އޭގެ ސަބަބުން ސަރުކާރަށް ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.

"އެ ސިޓީ ސިއްރު ކުރުމަށް ބާރު އަޅުއްވާ ބޭފުޅުންނަށް އެ ކުރެއްވޭ ކަމަކީ ރައީސް ޞާލިހާ ދެކޮޅަށް އޮޅިގެން ނަމަވެސް ބައި ގޯލެއް ޖެއްސެވުން،" ޝަހީދުގެ ޓްވީޓުގައި ވެއެވެ.

އިމުގެ މައްސަލައާ ގުޅިގެން ތަފާތު ޚިޔާލުތަކެއް ހުރިއިރު، އެކަމަ އަލިއަޅުއްވާލައްވައި ޑރ. ޝަހީދު މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުން މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފައްދައި އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރިކުރުވާ ކަމެއް ކަމަށެވެ.

https://sun.mv/177488

އެ ޓުވީޓުގައި އޭނާ ވަނީ، ޗާގޯސްއާ ބެހޭ ގޮތުން 1982ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އެމެރިކާގެ ނިއު ޔޯކާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ރާއްޖޭގެ މިޝަންގައި ހުރި ކަމާ ގުޅެ ހުރިހާ ފައިލެއް ހާމަކުރުމަށް އެދިވަޑައިގެންފައެވެ.

އިމުގެ މައްސަލައިގައި މީގެ ކުރިން ޑރ. ޝަހީދު ވިދާޅުވީ އަބަދު ވެސް ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްއަށް ލިބެން ޖެހޭ ތަނެއް ކަމަށެވެ.

https://sun.mv/177143

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނަމުން ދަނީ މޮރިޝަސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު، ބަހަން އިޓްލޮސްއިން ކަނޑައަޅައި މައްސަލަ ނިންމުމުން އެއީ ރާއްޖޭން ކަނޑުގެ ސަރަހައްދެއް ދޫކޮށްލުން ކަމަށެވެ.

މިދިޔަ މަހު އިޓްލޮސްއިން ނިންމީ ފުށުއަރާ ސަރަހައްދު ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށެވެ. ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުކުރަނީ، އެ ސަރަހައްދު އެއްކޮށް ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށް ބުނެއެވެ.


More from Sun Online