އިންޑިއާއިން ދެ މަސް ތެރޭގައި ބްލެކް ފަންގަސްގެ 45،000 ކޭސް ފެނިއްޖެ

Thu, 22 Jul 2021 06:17 AM

View on this article on Hurihaa.mv

އިންޑިއާއިން ދެ މަސް ތެރޭގައި ބްލެކް ފަންގަސްގެ 45،000 ކޭސް ފެނިއްޖެ

ނިއު ދިއްލީ (21 ޖުލައި) - މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ނުރައްކާތެރި ބައްޔެއް ކަމަށްވާ ބްލެކް ފަންގަސްގެ 45،000 އަށްވުރެ ގިނަ ކޭސްތައް ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޖޫނިއާ ހެލްތު މިނިސްޓަރު ބަރަތީ ޕްރަވީން ގާނޫނު ހަދާ މަޖީލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބަލީގައި މިހާތަނަށް އެ ގައުމުން 42،00 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

ކޮވިޑް -19ން ރަނގަޅުވާ ބަލި މީހުންގެ ފަރާތުން އާއްމުކޮށް ފެންނަ މި ބައްޔަކީ އެހާ ބޮޑަށް ފެތުރޭނެ ބައްޔެއް ކަމަށް ކުރިން ހީވެފައި ނެތް ނަމަވެސް ބަލިމަޑުކަން ވަނީ ވަރަށް ހަލުވި މިނެއްގައި އެ ގައުމުގައި ފެތުރިފަ އެވެ.

ބްލެކް ފަންރގަސްއަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ނަމަވެސް، ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން އެ މީހުންގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކެއް ވަކިކުރަން ޖެހޭ ފަހަރު އާދެ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް މަހާރަސްތްރާއިން 9،348 ކޭސް ފެނިފައިވެ އެވެ. ޕެންޑަމިކްގެ ކުރިން އެ ގައުމުން އަހަރަކު ފެނިފައި ވަނީ ބްލެކް ފަންގަސްގެ 20 ކޭސް އެވެ.

މާހިރުން ބުނާ ގޮތުގައި ބަލި މިހާ ބޮޑަށް އިތުރުވެފައި ވަނީ ކޮވިޑަށް ފަރުވާ ދިނުމުގައި ސްޓީރޮއިޑްސް ބޭނުން ކުރުން ގިނަވުމުގެ ސަބަބުންނެވެ. މި ފަރުވާއަކީ ބްލެކް ފަންގަސް ޖެހުމަށް މަގުފަހިވާ ފަރުވާއެކެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް މެއި މަހާއި ޖޫން މަހު ރެކޯޑް އަދަދަކަށް މަތީގައި އުޅުމަށްފަހު ދަށްވާން ވަނީ ފަށާފަ އެވެ. -- އަލް އަރަބިއްޔާ