ނަބީބޭކަލުންގެ ވާހަކަ: ޞާލިޙު ޢަލައިހިއްސަލާމް (4 ވަނަ ބައި)

Thu, 08 Jul 2021 05:09 PM

View on this article on DhiIslam

ނަބީބޭކަލުންގެ ވާހަކަ: ޞާލިޙު ޢަލައިހިއްސަލާމް (4 ވަނަ ބައި)

އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿كَذَّبَتْ ثَمُودُ بِطَغْوَاهَا﴾ ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ.

﴿ إِذِ انبَعَثَ أَشْقَاهَا﴾ އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.

﴿ فَقَالَ لَهُمْ رَسُولُ اللَّـهِ نَاقَةَ اللَّـهِ وَسُقْيَاهَا ﴾ ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! ﴿ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا﴾ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ. ﴿وَلَا يَخَافُ عُقْبَاهَا﴾ އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ."

ކީރިތި ޤުރްއާނުގައި ވަރަށް ގިނަ އާޔަތްތަކުގައި ޢާދުބާގައާއި ޘަމުދުބާގަ ވަނީ އަޅާކިޔުއްވައި ފައެވެ. އެއީ އަންނަނިވި ސޫރަތްތަކުގައި ވާފަދައިންނެވެ. التوبة، إبراهيم، الفرقان، ص، ق، النجم، الفجر އެވެ. ބުނެވޭ ގޮތުގައި އަހުލުކިތާބީންގެ ފޮތްތައްކަމުގައިވާ ތައުރާތައި އިންޖީލުގައި މި ދެއުންމަތުގެ މީހުންނާއި ބެހޭ އެއްވެސް ޚަބަރެއް ބަޔާން ކުރައްވައިފައެއް ނުވެއެވެ. ނަމަވެސް موسى عليه السلام އެކަލޭގެފާނުގެ ޤައުމުގެ މީހުން ދެ އުންމަތުގެ މީހުންގެ ވާހަކަތައް ބަޔާންކޮށް ދެއްވައިފައިވާކަމަށް ކީރިތި ޤުރްއާނު ބަޔާން ކުރައްވައިފައިވެއެވެ.

﴿ وَقَالَ مُوسَىٰ إِن تَكْفُرُوا أَنتُمْ وَمَن فِي الْأَرْضِ جَمِيعًا فَإِنَّ اللَّـهَ لَغَنِيٌّ حَمِيدٌ ﴾ އަދި موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ބިމުގައި ވާހާ އެންމެން (شكر ނުކޮށް) كافر ވިޔަސް، ފަހެ، ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.

﴿ أَلَمْ يَأْتِكُمْ نَبَأُ الَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَالَّذِينَ مِن بَعْدِهِمْ لَا يَعْلَمُهُمْ إِلَّا اللَّـهُ جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ﴾ ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެ خبر ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ (އެއީ) نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންނެވެ. اللَّه އަށް މެނުވީ، އެއުރެންނެއް ނޭނގެތެވެ." މިއީ މޫސާގެފާނުގެ ވާހަކަފުޅު ފުރިހަމަ ކުރެއްވުމެކެވެ. މިދެއުންމަތަކީ ޢަރަބި ދެއުންމަތެވެ، އެހެން ކަމުން ނަޞާރާއިންނާއި ޔަހޫދީންނަށް މިބައި މީހުންނާ ބެހޭ ޚަބަރުތައް ރަނގަޅަށް އޮޅުން ފިލައިފައިނެތީއެވެ. ނަމަވެސް މޫސާގެފާނު އެދެޤައުމުގެ ވާހަކަތައް އެމީހުންނާށް ބަޔާންކޮށްދެއްވިއެވެ. ވާހަކަ ބަޔާންކޮށްފައިވުމޭ ބުނެވޭބަހުގެ މާނައަކީ މާތް ﷲ އެކަލާނގެ ނަބިއްޔާ ޞާލިޙުގެފާނާއި އެކަލޭގެފާނަށް އިމާންވީ މީހުން ރައްކާތެރި ކުރެއްވި ގޮތުގެ ވާހަކައެވެ. އެޤައުމުގެ މީހުން އަނިޔާވެރިކަމާއި އިދިކީލި ކަމާއި އެމީހުންގެ ރަސޫލާ މެދު ޢަމަލު ކުރި ގޮތުގެ ވާހަކައެވެ. މިބައިމީހުންނަކީ ޢާދުގެ ފަހުން އައި ޢަރަބިންނެވެ. އެހެންކަމުން އެމީހުންގެ ނަބިއްޔާ ވިދާޅުވެފައިވެއެވެ.

﴿ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ ﴾ ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ معجزة އެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزة އެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވި ޖަމަލެެވެ. ފަހެ، اللَّه ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذاب އެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ.

﴿وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا فَاذْكُرُوا آلَاءَ اللَّـهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ﴾ އަދި عاد ބާގައިމީހުންގެ ފަހުން، خليفة އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ!"

މާނާއަކީ އެއަށްފަހު އައިމީހުންގެ خليفة އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވީމާ އެކަންތަކަށް ވިސްނާ ފިކުރުކުމަށް އެންގެވުމުން، އެގޮތާއި ޚިލާފަށް ތިޔަބައިމީހުން ޢަމަލު ކުރާށެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބިންލެއްވިއެވެ. އެއީ އެ ބިމުގައި ހަމަބިންތަކުގައި ގަނޑުވަރުތަކާއި އެނޫންތަންތަން ތިޔަބައިމީހުން ހަދަމުއެވެ.

﴿ وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ﴾ އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ." ، މާނައަކީ އެ ފަރުބަދަތައް ކަނޑައި އެއިން ގެތަށް ހަދަނީ ވަރަށް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއި އެކުގައެވެ. އެކަންކަމުގެ ވިސްނުމާއި ބާރުވެރިކަން ދެެއްވީ އެކަލާނގެ އެވެ. އެކަމަށްޓަކައި އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ ހެޔޮޢަމަލުތައް ކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރާށެވެ. އެކަލާނގެ އަށް އަޅުކަން ކުރުމުގައި އެއްވެސް ބައިވެރިއަކު ނުވެއެވެ. ތިޔަބައި މީހުން މި އަމުރުތަކާއި ޚިލާފު ނުވާށެވެ. އެކަލާނގެއަށް ކިޔަމަންތެރިކަމުގެ އަތް ދޫކޮށް ނުލާށެވެ. އަމުރުފުޅު ތަކާއި ޚިލާފުވާ މީހުންނަށް ހުރީ ގެއްލުމާއި ހަލާކެވެ.

އެހެންކަމުން އެމީހުންނަށް އިރުޝާދު ދެއްވަމުން ވިދާޅުވިއެވެ. ﴿ أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ މި ދުނިޔެމަތީގައިވާ نعمة ތަކުގައި، أمان ކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެ ހެއްޔެވެ؟ فِي جَنَّاتٍ وَعُيُونٍ ބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ. وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ. وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ. فَاتَّقُوا اللَّـهَ وَأَطِيعُونِ ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ އަދި ހައްދުފަހަނަޅައިދާ މީހުންގެ أمر އަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ! الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ﴾ އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި إصلاح އެއް ނުކުރާ މީހުންނެވެ."

އަދިވެސް އެމީހުންނާއި މުޚާޠަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ.

﴿ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُّجِيبٌ﴾ އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް توبة ވާށެވެ!

ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ." މާނައަކީ އެކަލާނގެ ތިޔަބައި މީހުން ޚަލްޤު ކުރައްވައި ބިމުގައި ލެއްވިއެވެ. އަދި އެ ބިން ތަޢްމީރު ކުރާ ބަޔަލީ ތިޔަބައި މީހުން ކަމުގައި ލެއްވިއެވެ. އެކަލާނގެ ތިޔަބައި މީހުންނަށް އެ ބިން ތަޢްމީރު ކުރުމަށް ބޭނުންވާ ގަސްގަހާ ގެއްސާއި އެނުން ވަޞީލަތްތައް ދެއްވިއެވެ. އެކަލާނގެ އީ ޚަލްޤު ކުރައްވާ އަދި ރިޒުޤު ދެއްވާ ރަސްކަލާނގެއެވެ. އަޅުކަން ކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ އެކަލާނގެއެވެ. ތިޔަބައި މީހުން ތިކުރާ ނުބައިކަންތައް ތައް ދޫކޮށްލާށެވެ. އެކަލާނގެ އަށް އަޅުކަން ކުރުމާއި ކުރިމަތި ލާށެވެ. އެކަލާނގެ ތިޔަބައި މީހުންގެ ކިބައިން ޤަބޫލު ކުރައްވާނެއެވެ. އަދި ތިޔަބައި މީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެއެވެ.

The post ނަބީބޭކަލުންގެ ވާހަކަ: ޞާލިޙު ޢަލައިހިއްސަލާމް (4 ވަނަ ބައި) first appeared on Dhiislam.