މިއަހަރުވެސް އިޙްޔާ ފޯރަމް އޮންނާނެ

Thu, 15 Apr 2021 11:27 AM

View on this article on DhiIslam

މިއަހަރުވެސް އިޙްޔާ ފޯރަމް އޮންނާނެ

ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމް މިއަހަރުވެސް ކުރިއަށް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް މިއަހަރުގެ މި ފޯރަމް ކުރިއަށް ދާނީ އެހެން އަހަރުތަކާ ތަފާތުކޮށެވެ.

މިރޯދަމަހުވެސް އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެރެއެވެ. ކޮންމެ އަހަރެއްގައިވެސް އިޙްޔާ ފޯރަމްތައް އަޑުއެހުމަށް ގިނަ ބަޔަކު ޖަމާވެއެވެ.

ނަމަވެސް ކޮވިޑްގެ ނުރައްކާތެރިކަން އޮތުމުން މިއަހަރު ފޯރަމްތަކަށް ވަނުމުގެ ފުރުސަތު ގިނަބަޔަކަށް ދިނުމުގެ ބަދަލުގައި ވަކި އަދަދަކަށްް މީހުންނަށް ވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ގިނަ ބަޔަކަށް ނުވެދެވުނު ނަމަވެސް މިއަހަރުވެސް މި ފޯރަމް ޓީވީއެމުން ލައިވްކޮށް ދައްކާނެއެވެ. ވޭތުވެދިޔަ އަހަރުގެ ރަމަޞާންމަހުގައިވެސް އިޙްޔާ ފޯރަމް ކުރިއަށްގެންދިޔައީ ޓީވީއާއި އޮންލައިންކޮށެވެ.

މީގެ ކުރިން ބޭރުގެ ޢިލްމުވެރިން ގެނެސްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިހާރު ގެންދަނީ ދިވެހި ޢިލްމުވެރިން، ވަކި މަޢުޟޫއަކަށް މަޝްވަރާ ކުރާ ޕެނަލެއް އެކުލަވާލައިގެންނެވެ. މިޕެނަލް އިން ޕްރެޒެންޓޭޝަން ވެސް ދެއްވައެވެ.

The post މިއަހަރުވެސް އިޙްޔާ ފޯރަމް އޮންނާނެ first appeared on Dhiislam.