ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅެއް ނޭޅޭ: ޑރ ޝަހީމް

Mon, 28 Jun 2021 11:47 PM

View on this article on DhiIslam

ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅެއް ނޭޅޭ: ޑރ ޝަހީމް

މިރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު ނޭޅޭ ކަމަށާއި، ދީނީ ޢިލްމުވެރިންނަށް ބިރު ދައްކަމުން އަންނަ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އަޤީދާއާއި ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތު އިސްލާހު ކުރަން ސަރުކާރުން ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ޑރ ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދީނާ ގުޅިގެން ނަފްރަތު އުދެއްދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ. އަދި އެއިން އެއްވެސް މައްސަލައަކާއި ގުޅިގެން ފިޔަވަޅެއް ނޭޅޭ ކަމަށާއި ނަމަވެސް ދީނީ ޢިލްމުވެރިޔަކު އެބޭފުޅެއް ރައުޔެއް ބުނުމުން ބިރު ދައްކައި ކަންކަން ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމްގެ މިޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ނަފްރަތު ނައްތާލަން ބޭނުންވެއްޖެނަމަ ޢަދުލުވެރިވާން އެބަޖެހޭ ކަމަށެވެ.

The post ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅެއް ނޭޅޭ: ޑރ ޝަހީމް first appeared on Dhiislam.