ސެކިއުލަރ ބިލާއި ދެކޮޅަށް 100 ކައުންސިލުން ބަޔާން ނެރެފި

Thu, 24 Jun 2021 03:39 PM

View on this article on DhiIslam

ސެކިއުލަރ ބިލާއި ދެކޮޅަށް 100 ކައުންސިލުން ބަޔާން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސެއިން ހުށައަޅައިފައިވާ ޤާނޫނުލް އުޤޫބާތަށް އިސްލާޙް ގެނައުމުގެ ބިލާއި ދެކޮޅަށް ރާއްޖޭގެ 100 ރަށުގެ ކައުންސިލްގެ ފަރާތުން މިހާތަނަށް ބަޔާން ނެރެފިއެވެ.

މިބަޔާން ތަކުގައި އެރަށްރަށުގެ ރައްޔިތުން މި ބިލަށް ތާއީދު ނުކުރާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން މިބިލު ނެގުމަށް ގޮވާލައިފައި ވެއެވެ.

ސެކިއުލަރ ބިލާއި ދެކޮޅަށް 100 ރަށު ކައުންސިލުންނާއި މާލޭ ސިޓީ ކައުންސިލުން ވަނީ ބަޔާން ނެރުއްވާފައެވެ. އަދި 3 އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަޔާން ނެރުއްވާފައިވެއެވެ. މިއާއި އެކު މިހާތަނަށް 509 ކައުންސިލަރުން މި ބިލާއި ދެކޮޅަށް ތިއްބެވިކަން ހާމާ ވެގެން ގޮސްފައި ވެއެވެ.

 

The post ސެކިއުލަރ ބިލާއި ދެކޮޅަށް 100 ކައުންސިލުން ބަޔާން ނެރެފި first appeared on Dhiislam.